އާ ކޯޗުގެ ފުރަތަމަ މެޗުން ސްޕޭނަށް މޮޅެއް

Sun, 26 Mar 2023 06:02 AM

View on this article on adduLive

އާ ކޯޗުގެ ފުރަތަމަ މެޗުން ސްޕޭނަށް މޮޅެއް

ޔޫރޯ ކޮލިފައިންގައި ރޭ ސްޕެއިނުން ނޯވޭގެ މައްޗަށް 3-0 އިން ކުރި ހޯދައިފި އެވެ.

ރޭގެ މެޗަކީ ސްޕެއިންގެ އާ ކޯޗު ލުއިސް ޑި ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕޭނުން ކުޅުނު ފުރަތަމަ މެޗެވެ. ސްޕެއިންގެ ކޯޗުކަން ފުއެންޓޭއާ ހަވާލުކުރީ އެ މަގާމުގައި ހުރި ލުއިސް އެންރީކޭ ވޯލްޑް ކަޕަށް ފަހު ވަކިކުރުމާ ގުޅިގެންނެވެ. ފުއެންޓޭ މީގެކުރިން ހުރީ ސްޕެއިންގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގަ އެވެ.

ސްޕެއިންގެ މަލާގާގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ސްޕެއިނަށް މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެނީ އޮލްމޯ އެވެ. އަދި ސްޕެއިންގެ ފަހު ދެ ގޯލު ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ އުމުރުން 32 އަހަރުގެ ޖޮސެލޫ އެވެ. ރޭގެ މެޗަކީ ސްޕެއިންގެ ގައުމީ ޓީމަށް ޖޮސެލޫ ކުޅެދިން ފުރަތަމަ މެޗެވެ. ޖޮސެލޫ އަކީ 2006 ވަނަ އަހަރަށް ފަހު ސްޕެއިންގެ ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅުނު އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިއާ އެވެ.

ސްޕެއިން ހިމެނޭ ގްރޫޕް އޭ ގައި ހިމެނޭ ސްކޮޓްލެންޑުން ރޭ ވަނީ ސައިޕްރަސް 3-0 އިން ބަލިކޮށްފަ އެވެ.

ޔޫރޯ ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ސްޕެއިން ބައްދަލުކުރާނީ ސްކޮޓްލެންޑާ އެވެ. އެ މެޗު އޮންނާނީ ސްކޮޓްލެންޑްގަ އެވެ.

The post އާ ކޯޗުގެ ފުރަތަމަ މެޗުން ސްޕޭނަށް މޮޅެއް appeared first on adduLIVE.



More from adduLive