ގާސިމާއެކު އިތުރު ބައްދަލުވުމެއް ނުބާއްވާ: ސަލަފް

Sun, 26 Mar 2023 12:20 AM

View on this article on adduLive

ގާސިމާއެކު އިތުރު ބައްދަލުވުމެއް ނުބާއްވާ: ސަލަފް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއެކު އިތުރު ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށް ޖަމިއްޔަތުއްސަލަފުން ބުނެފި އެވެ.

ސަލަފް ޖަމިއްޔާ އިން މިހެން ބުނެފައި މިވަނީ ގާސިމްގެ ސަން އައިލޭންޑުގައި އެމަނިކުފާނާއެކު ރޭ ސަލަފްގެ އިސް ބޭފުޅުންތަކެއް ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ބުނެ ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން ސަލަފުން ބުނީ ގާސިމާއެކު މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ބައްދަލުވުން ފިޔަވައި އިތުރު ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށާއި ނޫސް މީޑިއާތަކުގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ދޮގު ހަބަރު ފެތުރި މީޑިއާތަކުން މައާފަށް އެދި ތެދު ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވަނީ ގޮވާލާފަ އެވެ.

ދޮގު ތެދު ބެލުމެއް ނެތި ލިބޭ ހަބަރު ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު ކަންކަމުގެ މައުލޫމާތު ފެތުރުމަށް ނޫސްވެރިންނާއި އާންމުންނަށް ސަލަފުން ވަނީ ގޮވާލާފަ އެވެ.

The post ގާސިމާއެކު އިތުރު ބައްދަލުވުމެއް ނުބާއްވާ: ސަލަފް appeared first on adduLIVE.



More from adduLive