މިފަހަރުގެ ކިންގް މޭކާ އަކީ ފިކުރެއްގެ ދިރުން: އިންތި

Sat, 25 Mar 2023 05:37 PM

View on this article on adduLive

މިފަހަރުގެ ކިންގް މޭކާ އަކީ ފިކުރެއްގެ ދިރުން: އިންތި

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކިންގް މޭކާ އަކީ "ފިކުރެއްގެ ދިރުން" ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އިންތި އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބިއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ފެކްޝަންގައި އިސްކޮށް އުޅުއްވާ ފަރާތެކެވެ.

މިހާތަނަށް ރިޔާސީ އިންތިހާބުތަކުގައި ކިންގް މޭކާއެއްގެ ގޮތުގައި ފެނިފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށްވާއިރު އިންތި ވަނީ މިފަހަރުގެ އިންތިހާބުގެ ކިންގް މޭކާ އަކީ ފިކުރެއްގެ ދިރުން ކަމަށް ވިދާޅުވެފަ އެވެ.

"ފިކުރެއްގެ ދިރުން އަކީ މިފަހަރުގެ ކިންގ މޭކާ." އިންތި ވިދާޅުވި އެވެ.

ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ރިޔާސީ އިންތިހާބުގައި ތާއީދު ކުރާނެ ކަމަށް މިހާރު ބެލެވިފައިވަނީ ޖޭޕީގެ ފަރާތުން ނެރޭ ރިޔާސީ ކެންޑިޑޭޓަކަށެވެ. ޖޭޕީން ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލާފައިވާއިރު ނަޝީދުގެ ފެކްޝަނުން ދާދިފަހުން ވަނީ ޖޭޕީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި ވަނީ ދެ ފަރާތުން އެކުގައި މަސައްކަތް ކުރުމަށާއި އަދި މެނިފެސްޓޯއެއް ތައްޔާރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.



More from adduLive