ރޯދައަށް ތައްޔާރުވުމަށް އެޗްޑީސީން ގިނަ ކަންތައްތަކެއް

Sun, 19 Mar 2023 11:01 AM

View on this article on adduLive

ރޯދައަށް ތައްޔާރުވުމަށް އެޗްޑީސީން ގިނަ ކަންތައްތަކެއް

މިއަހަރުގެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ބުނެފިއެވެ.

އެގޮތުން ދީނީ ގޮތުން ވާންޖެހޭ ތައްޔާރީތަކާއި، އިޖްތިމާއީ އެކި ކަންކަމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އެޗްޑިސީން ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށްޓަކާ އެ ސަރަހައްދުން އެސްޓީއޯ ފިހާރައެއް ހުޅުވުމަށް އެޗްޑީސީން ވާނީ ހިލޭ ވިނަރެސް ޔުނިޓެއް އެ ކުންފުންޏަށް ދީފައިވާ ކަމަށެވެ. އަދި އެ ޔުނިޓުގައި އެސްޓީއޯގެ އައު ފިހާރައެއް ވެސް މިހާރު ހުޅުވާފައިވާ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މިސްކިތުގެ ޖާގަ އިތުރުކުރުމާއި، ބޭނުންވާ އެހެނިހެން މަރާމާތްތަކުގެ މަސައްކަތް ވެސް އެޗްޑީސީން ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އެކަމުގައި އެޗްޑީސީގެ ގިނަ މުވައްޒަފުންތަކެއް ރެއާ ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ރޯދަ މަހަށް ވާ ތައްޔާރީއެއްގެ ގޮތުން މުޅި ހުޅުމާލެ ސާފުކުރުމުގެ މަސައްކަތަށް ވެސް ތައްޔާރުވެފައިވާ ކަމަށް އެމްޑީސީން މައުލުމާތުދެއެވެ. އަދި ހުކުރު ދުވަހު އެޗްޑީސީއާއި ހުޅުމާލޭގެ ރައްޔިތުން ގުޅިގެން ދެވަނަ ފިޔަވަހީގައި ހާއްސަ އާއިލީ ހަވީރެއް ވެސް ވަނީ ބާއްވާފައެވެ.

އެޗްޑީސީން ބުނެފައިވަނި ރޯދަ މަހުވެސް އެކިކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ދީނީ ހަރަކާތްތަކާއި، އެކި ކުޅިވަރު ހަރަކާތްތައް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. އެގޮތުން ބާއްވާ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ވާދެމުމާއި، ބާސްކެޓް ބޯޅަ މުބާރާތާއި، ވޮލީ ބޯޅަ އަދި ބައިބަލާ މުބާރާތްވެސް އެޗްޑީސީއާއި ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދެވޭނެއެވެ. މީގެ އިތުރަށް ރަމަޟާންމަހުގެ ތެރޭގައި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

The post ރޯދައަށް ތައްޔާރުވުމަށް އެޗްޑީސީން ގިނަ ކަންތައްތަކެއް appeared first on adduLIVE.


More from adduLive

...