ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި އިންޑިއާ މީހަކު ރާއްޖެ އިން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ށްފައިވަނީ އިންޑިއާ އަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ވެންކަޓަރަމަނާ ޕައްލާ ނަމަކަށް ކިޔާ މީހެކެވެ. އޭނަ އަކީ ހ. ސަލީމް ގެސްޓް ހައުސްގައި އުޅެމުން އައި މީހެކެވެ. .
ވެންކަޓަރަމަނާގެ މައްޗަށް ފުލުހުން ވަނީ މީހުން ޓްރެފިކް ކުރަން އުޅުން ނުވަތަ ޓްރެފިކް ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތުކޮށްފަ އެެވެ. އޭނަ ހައްޔަރުކޮށް ބަންދު މުއްދަތު ޖަހަން ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. އަމުރުގައި ބުނެފައި ވަނީ، ވެންކަޓަރަމަނާ އަކީ އޭނާގެ ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެއް ކަމަށެވެ.
The post ހިއުމަން ޓްރެފިކިން މައްސަލައެއްގައި މީހަކު ހައްޔަރު appeared first on adduLIVE.